ފެނާއި ނަރުދަމާގެ ނިޒާމް

ފެނާއި ނަރުދަމާއަށް ހުޅުވާލި ބިޑުތަކެއް ކެންސަލްކޮށްފި

Jul 22, 2021

ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާ އަޅަން ހުޅުވާލި މަޝްރޫއުތަކެއް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ކެންސަލް ކޮށްފި އެވެ.

ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ އެދުމަކަށް ފިނޭންސް މިނިސްޓްރީން ފެނާއި ނަރުދަމާގެ މި މަޝްރޫއުތައް ހިންގައިދޭނެ ބަޔަކު ހޯދަން ހުޅުވާލީ، އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބާ ދިމާކޮށް މި އަހަރު ފެބްރުއަރީ މަހު އެވެ. އަދި ބިޑް ހުށަހަޅަން ދީފައިވާ މުއްދަތަކީ މާޗް ތިން ވަނަ ދުވަހެވެ.

ނަމަވެސް އެ ބިޑުތައް މިނިސްޓްރީން ކެންސަލް ކުރިކަން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ.

ކެންސަލް ކުރި ރަަށްތައް

  • ބ. ފެހެންދޫ
  • ބ. ފުޅަދޫ
  • ށ. ނޫމަރާ
  • ށ. ބިލެއްފަހި
  • ނ. ލަންދޫ
  • ބ. ކިހާދޫ
  • ބ. ދޮންފަނު

ނަމަވެސް މި މަޝްރޫއުތައް ކެންސަލް ކުރި ސަބަބެއް ޕްލޭނިން އިން މިހާތަނަށް އާއްމު ކޮށްފައެއް ނުވެ އެވެ.

ސަރުކާރުން ދަނީ ޕީއެސްއައިޕީ ބަޖެޓުންނާއި ބޭރުގެ ހިލޭ އެހީގައި ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.