ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގަން ބިޑަށް ހުޅުވާލި، 25 ރަށެއްގެ އެ މަޝްރޫއުތައް ބާތިލުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ޑިިޒައިން ބިލްޑް އުސޫލުން 11 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމާއި 14 ރަށެއްގައި ފެނާއި ނަރުދަމާ މަޝްރޫއު ހިންގައިދޭނެ ފަރާތްތަކެއް ހޯދަން ކުރި އިއުލާނު ބާތިލްކުރީ ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެދިގެނެވެ.
މަޝްރޫއު ހިންގަން ބިޑަށްލި ރަށްތައް
- ބ. ކުޑަރިކިލުގައި ފެނާއި ނަރުދަމާގެ ނިޒާމު
- ބ. ދޮންފަނުގައި ފެނާއި ނަރުދަމާގެ ނިޒާމު
- ކ. ތުލުސްދޫގައި ފެނުގެ ނިޒާމު
- ބ. ކިހާދޫގައި ފެނާއި ނަރުދަމާގެ ނިޒާމު
- ނ. މިލަދޫގައި ފެނުގެ ނިޒާމު
- ނ. ލަންދޫގައި ފެނުގެ ނިޒާމު
- ނ. މަގޫދޫގައި ފެނާއި ނަރުދަމާގެ ނިޒާމު
- ށ. ބިލަތްފަހިގައި ފެނާއި ނަރުދަމާގެ ނިޒާމު
- ށ. ނޫމަރާގައި ފެނާއި ނަރުދަމާގެ ނިޒާމު
- ބ. ފުޅަދޫގައި ފެނާއި ނަރުދަމާގެ ނިޒާމު
- ބ. ފެހެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު
- ކ. ހިންމަފުށީގައި ފެނުގެ ނިޒާމު
- އދ. ދިއްދޫގައި ފެނާއި ނަރުދަމާގެ ނިޒާމު
- އދ. އޮމަދޫގައި ފެނުގެ ނިޒާމު
- ލ. ހިތަދޫގައި ފެނާއި ނަރުދަމާގެ ނިޒާމު
- ލ. ކުނަހަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު
- މ. ނާލާފުށީގައި ފެނާއި ނަރުދަމާގެ ނިޒާމު
- މ. ރަތްމަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު
- ތ. ދިޔަމިގިލީގައި ފެނުގެ ނިޒާމު
- ތ. މަޑިފުށީގައި ފެނުގެ ނިޒާމު
- ވ. ކެޔޮދޫގައި ފެނާއި ނަރުދަމާގެ ނިޒާމު
- ވ. ރަކީދޫގައި ފެނާއި ނަރުދަމާގެ ނިޒާމު
- ގއ.ދެއްވަދޫގައި ފެނާއި ނަރުދަމާގެ ނިޒާމު
- ގއ.ނިލަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު
- ގދ. ނަޑެއްލާގައި ފެނާއި ނަރުދަމާގެ ނިޒާމު
ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުގައި ހިމަނައިގެން ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއު ތަކެއް ހިންގަ އެވެ. މި އަހަރު ޕީއެސްއައިޕީ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 8.3 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ހޭދަ ކުރަން 1.2 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.