ފުޅަދޫ

ފުޅަދޫގައި ގެނބިގެން މީހަކު މަރުވެއްޖެ

Jul 27, 2021

ބ. ފުޅަދޫގައި މޫދަށް އެރިއުޅުނު މީހަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒްހަރު އަވަސް އަށް ވިދާޅުވީ އެރަށުގައި ގެނބިގެން މިއަދު މަރުވީ އުމުރުން 36 އަހަރުގެ މީހެއް ކަމަށެވެ.

އޭނާ ގެނބުމާ ގުޅިގެން އެއްގަމަށް ގެނެސް މިއަދު 12:30 ހާއިރު ފުޅަދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް މަރުކަޒުން ބުނާ ކަމަށް އަޒްހަރު ވަނީ މައުލޫމާތު ދެއްވާފަ އެވެ.

މަރުވެފައިވަނީ ފުޅަދޫ އަށް ޗުއްޓީ އަށް ގޮސް އުޅުނު ދިވެހި ފިރިހެނެކެވެ.

ޅ. ކުރެންދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މަޑުއްވަރީ އަށް ދަތުރު ގޮސް އުޅުނު ނައިފަރު މީހަކު ގެނބިގެން ވެސް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ އުމުރުން 28 އަހަރުގެ ދިވެހި އަންހެނަކަށެވެ. އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން އަދި އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.