އައްޑޫ ސިޓީ

އައްޑޫގައި އެއް މެގަވޯޓުގެ ބެޓެރި ސްޓޯރޭޖް ސިސްޓަމެއް ގާއިމުކުރަނީ

އައްޑޫ ސިޓީގައި އެއް މެގަވޯޓުގެ ބެޓެރި ސްޓޯރޭޖް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފިި އެވެ.

އައްޑޫ ސިޓީގައި 1.6 މެގަވޯޓުގެ ޕަވާ ޔުޓިލިޓީ ސްކޭލާ ސޯލާ ޕަވާ ސިސްޓަމެއް މިހާރުވެސް ހުންނައިރު އަލަށް ގާއިމުކުރާ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމާއެކު 24 ގައިއިރު މެދުކެނޑުމެއްނެތި ކަރަންޓުގެ ހިދުމަތް ދެވިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ. އަދި ސްޓޯރޭޖް ސިސްޓަމް ގާއިމްކޮށް އައްޑޫގެ ސޯލާ ޕަވާ ގްރިޑާ ގުޅާލާނެ އެވެ.

މޫސުން ގޯސްވާ ހާލަތްތަކުގައި ސޯލާ ޕަވާ ސިސްޓަމްތަކުން އެކަށީގެންވާ ވަރަށް ކަރަންޓު ނުއުފެއްދި ލޯޑު ބޮޑުވެގެންދެ އެވެ. ނަމަވެސް ބެޓެރީ ސްޓޯރޭޖް ސިސްޓަމާއި އެކު އެފަދަ ހާލަތްތަކުގައި ވެސް އެއްވަރަަކަށް ލޯޑު ހިފެހެއްޓޭނެ އެވެ.

ތެލަށް ބަރޯސާވާ މިންވަރު ކުޑަކުުރުމުގައި ރާއްޖޭގައި އާބާދީ ބޮޑެތި ރަށްރަށުގައި ސޯލަ ޕީވީ ނިޒާމް ގާއިމްކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީއާއި ވޯލްޑް ބޭންކާއި “އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިންރިނިއުވަބަލް އެނާޖީ (އެސްޕަޔަ ގެ ނަމުގައި މިހާރު ދަނީ ބޮޑު މަޝްރޫއެއް ވެސް ހިންގަމުންނެވެ. އަދި އެފަދަ ރަށްރަށުގައި ބެޓެރީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެގޮތުން ހދ. ނެއްލައިދޫގައި 85 ކިލޯވޯޓު އަދި ހދ. ނައިވައިދޫގައި 270 ކިލޯވޯޓުގެ ސްޓޯރޭޖް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.