ޠާރިގު އިބްރާހީމް

އައްޑޫ އާއި ފުވައްމުލަކުގެ ނޭޗަޕާކް ތަރައްގީ ކުރެވޭނެ: ތޯރިގު

މޯލްޑިވްސް ރީފް ޕޮރޮޖެކްޓް ދަށުން އައްޑޫއާއި ފުވައްމުލަކުގެ ނޭޗާޕާކު ތަރައްގީ ކުރާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބުރާހީމް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ރީފް ޕްރޮޖެކްޓުގެ އްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު ތޯރިގު ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ އިތުރުން މައިގަނޑު އެހެން ދެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ އައްޑޫ ނޭޗަ ޕާކާއި ފުވައްމުލަކު ނޭޗަ ޕާކް ތަރައްގީ ކުރުމަށް މިވަގުތަށް ބޭނުންވާ މުހިއްމު މަރާމާތުތައް ކުރުން ކަމަށްވެސް ވިދާޅުވި އެވެ.

މޯލްޑިވްސް ރީފް ޕްރޮޖެކްޓުގެ މަޝްރޫއަށް އޮސްޓްރޭލިއާ ސަރުކާރުން 51 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ.

މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ހަމަޖައްސާފައިވަނީ ކަނޑުފަޅާ ގުޅުންހުރި މަސައްކަތްތައް ކުރާ ދިވެހި ކުންފުނިތަކަށް ބޭރުގެ އެހީ ދީގެން އެކުންފުނިތައް މެދުވެރިކޮށެވެ.

އައްޑޫއާއި ފޯއްމުލަކުގެ ނޭޗާޕާކަކީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ތިމާވެށީގެ ގޮތުން މުއްސަނދި ސަރަހައްދެކެވެ. ނަމަވެސް އެ ސަރަހައްދުތައް އެކަށީގެންވާ ގޮތަކަށް ބެލެހެއްޓެމުން ނުދިއުމަކީ އާންމުންގެ ކަންބޮޑުވުމެކެވެ.