ސްޓެލްކޯ

ސްޓެލްކޯގެ "ޗާލު ވެށި – މަގޭ ޒިންމާ" ހަރަކާތް ފަށައިފި

ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ހުރި އިސްތިހާރުތަކެއް ނެއްޓުމުގެ ހަރަކާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ -- ފޮޓޯ: ސްޓެލްކޯ
0%
0%
0%

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން "ޗާލު ވެށި – މަގޭ ޒިންމާ" ގެ ނަމުގައި ހާއްސަ ހަރަކާތެއް މިއަދު ފަށައިފި އެވެ.

މިއީ ސްޓެލްކޯގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ހަރަކާތް ފައްޓަވައި ދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.

މި ހަރަކާތުގެ ދަށުން ސްޓެލްކޯގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، އެ ތަންތަން ސާފުކުރުމުގެ މަސައްކަތް ސްޓެލްކޯގެ މުވައްޒަފުން ކުރާނެ އެވެ.

މަގުމަތީގައި ހުންނަ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކުގައި އިސްތިހާރާއި ކެމްޕޭން ޕޯސްޓަރުތައް ޖެހުމަކީ އާންމު ކަމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910