އަލިފާން

ފަރި އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Jul 31, 2021

ކ. އަތޮޅުގައި ހިންގާ ދަ ރިޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އަލީފާނުގެ ހާދިސާ ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރު 12:29 ގައި ކަމަށެވެ.

އަލިފާން ރޯވީ ރިސޯޓުގެ ވޯޓާ ވިލާ ރޫމެއްގަ އެވެ. އެކަމަކު އަލިފާން ރޯވާ ދިމާވި ވަކި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ސިފައިންގެ ފަޔަމަނުންރިސޯޓަށް ގޮސްފައިވާއިރު ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފަ އެވެ.

އަލިފާނުގެ މިހާދިސާގައި ލިބުނު ގެއްލުމުގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ.

ދ ރިޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑަކީ މިއަހަރުގެ މެއި މަހު ހުޅުވާ، ހިދުމަތް ދޭން ފެށި ރިސޯޓެކެވެ.