ރެޑްވޭވް

ހިލޭ މާސްކް ލިބޭ ޕްރޮމޯޝަނަކާ އެކު މޮލްފިކްސް ނެޕީއަށް ބޮޑު ތަރުހީބެއް

Aug 5, 2021

ރެޑްވޭވުން ކުރިއަށް ގެންދާ ހިލޭ މާސްކް ލިބޭ މޮލްފިކްސްގެ ޕްރޮމޯޝަނަކާ އެކު މޮލްފިކްސް ނެޕީއަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޮލްފިކްސްގެ ކޮންމެ ނެޕީ ބޮނޑިއަކާއި އެކު އެވޮނީ ބްރޭންޑްގެ ޑިސްޕޯސެބަލް 10 މާސްކް ހިމެނޭ ޕެކެއް ލިބެ އެވެ. މި ޕްރޮމޯޝަން ރެޑްވޭވްގެ ހުރިހާ ސުޕަމާކެޓް ފިހާރަތަކެއްގައި މިހާރުވެސް ކުރިއަށްދާ އެބަދެ އެވެ.

މޮލްފިކްސް ބްރޭންޑަކީ މަދު ދުވަސްކޮޅެއްގެ ތެރޭ ކަސްޓަމަރުންގެ މެދުގައި މަގުބޫލުވެގެން ދިޔަ، އޭގައި އެކުލެވިގެންވާ އެލޯވެރާ އަދި ކެމޮމައިލް އެކްސްޓްރެކްޓްސްގެ އިތުރުން "އެނެޓޮމިކް" ފިޓްގެ ސަބަބުން ތުއްތު ދަރިފުޅުގެ ހަންގަނޑަށް އަރާމު އަދި ލީކްވުމުން ދުރު ނެޕީއެއް ކަމަށް ރެޑްވޭވުން ބުނެ އެވެ.

ރެޑްވޭވުން ބުނީ ނެޕީ ތެއްވާ މިންވަރު އަންގައިދޭ އިންޑިކޭޓަރެއް އޭގައި ހިމެނޭ މި ނެޕީ ފާހަގަވެގެން ދަނީ ބާޒާރުގައި ހުރި އެހެން ބްރޭންޑްތަކަށް ވުރެ އަގުހެޔޮ އަދި ކޮލިޓީ ނެޕީއެއްގެ ގޮތުގައި ކަމަށެވެ.

ރެޑްވޭވްގެ އަމާޒަކީ ކޮލިޓީ ރަނގަޅު ތަކެތި އެންމެ ހެޔޮއަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން މައުލޫމާތުދެ އެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ މުދާ އެންމެ ހެޔޮއަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރެޑްވޭވުން މައުލޫމާތުދެ އެވެ.