ރެޑްވޭވް

ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި

May 17, 2022

ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕަމާކެޓް ޗެއިން -- ރެޑްވޭވްގެ 12 ފިހާރައިގައި ކުރިއަށް ގެންދިޔަ މިއަހަރުގެ "ރެޑްވޭވް ރޯދަސޭލް" ޕްރޮމޯޝަން ނިންމާ، ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ މިއަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ނިމިގެން ދިޔަ ރޯދަ މަހުގެ ނިޔަލަށެވެ.

ރެޑްވޭވްގެ ފިހާރަތަކުން ކޮށްފައިވާ 500 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް މި ޕްރޮމޯޝަންގެ ދަށުން ކޫޕަނެއް ދޫކޮށްފައިވެ އެވެ.

މި ޕްރޮމޯޝަން ނިމުނުއިރު ދެ ލައްކައަށް ވުރެ ގިނަ ކޫޕަން ލިބިފައިވާއިރު ނަސީބުވެރިން ހޮވީ މިއަދު މިކަމަށްޓަކައި ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަމޯލްގައި ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ.

ގުރުއަތުލައިގެން މި ޕްރޮމޯޝަންގެ އެންމެ އަގުބޮޑު އިނާމު -- އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބުނީ އިސްމާއިލް މުހައްމަދު ކިޔާ ބޭފުޅަކަށެވެ. އޭނާގެ ކޫޕަން ނަމްބަރަކީ 0188697 އެވެ.

ރެޑްވޭވްގެ ބްރޭންޑްތަކުން ފަސް އިނާމު ހައްގުވާ ފަސް ފަރާތަކާއި 10،000 ރުފިޔާގެ ފައިސާގެ އިނާމު ހައްގުވާ 10 ފަރާތެއް ވެސް މިއަދު ގުރުއަތުން ހޮވާފައިވެ އެވެ.

މި އިނާމުތަކުގެ އިތުރުން ރެޑްވޭވް ރޯދަ ސޭލްގެ ތެރޭގައި ރެޑްވޭވްގެ ފޭސްބުކްގެ ޕޯސްޓްތަކަށް ލައިކް އަދި ޝެއާކޮށް – ޓޮޕްފޭން ބެޖް ހޯދި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތެއް ވެސް ހޮވާފައިވެ އެވެ. އެގޮތުން އެއްވަނައަށް 50 އިންޗި ހައިސެންސް ޓީވީއެއް ދީފައިވެ އެވެ.

"ރެޑްވޭވް ރޯދަސޭލްގެ ނަސީބުވެރި ފަރާތްތަކުގެ މައުލޫމާތުތައް ރެޑްވޭވްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި މިހާރު ވަނީ ހާމަކޮށްފަ އެވެ.

ރެޑްވޭވް އިން ބުނީ މިއަހަރުގެ ރޯދަސޭލަކީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުހީބު ލިބިގެންދިޔަ ޕްރޮމޯޝަނެއް ކަމަށެވެ.