އުރީދޫ

އުރީދޫގެ "ޝޮޕް އިން ޝޮޕް" ކައުންޓަރެއް ރެޑްވޭވް މޯލްގައި

އުރީދޫ މޯލްޑިވްސް އިން ހުޅުމާލެ، ރެޑްވޭވް މޯލްގައި އުރީދޫގެ ޝޮޕް އިން ޝޮޕް ކައުންޓަރެއް ހުޅުވައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ރެޑްވޭވް މޯލްއާ އެކު ކުރިއަށް ގެންދާ މި ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ މަގުސަދަކީ ކަސްޓަމަރުންނަށް މޯލްގައި ޝޮޕިން ކުރާއިރު ލުއިފަސޭހަކަމާ އެކު އުރީދޫގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

ރެޑްވޭވް މޯލްގައި ހުޅުވުނު ޝޮޕް އިން ޝޮޕް ކައުންޓަރުން ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ސިމް ކާޑު ގަތުމާއި، އުރީދޫ ބިލްތައް ދެއްކުމާއި، ސުޕަނެޓްގެ ހިދުމަތް ހޯދުމާއި، 5ޖީ ބްރޯޑްބޭންޑްގެ ހިދުމަތް ހޯދުމުގެ އިތުރުން އެންމެ ފަހުގެ ޕްރޮމޯޝަންތަކުގެ މައުލޫމާތު ފޯރުކޮށްދެ އެވެ. ހަމަ އެއާ އެކު ކޭޝްލަސް އަދި އަވަސް ޕޭމަންޓް ސޮލިއުޝަނެއް ފޯރުކޮށްދިނުމަށް ރެޑްވޭވް މޯލް އަދި ރެޑްވޭވްގެ އެހެން ފިހާރަތަކުން ވިޔަފާރި ކުރާ ބޭފުޅުންނަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކެ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މިއީ އުރީދޫގެ އައުޓްލެޓަކަށް އިތުރު ދަތުރެއް ނުކޮށް ރެޑްވޭވް މޯލުން ވިޔަފާރި ކުރަންދާ ބޭފުޅުންގެ ވަގުތު ސަލާމަތްކޮށް، ފަސޭހަކަމާއެކު ހުރިހާ ހިދުމަތެއް އެއްތަނަކުން ފޯރުކޮށްދިނުމަށް ހުޅުވިފައިފާ ޝޮޕެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ރެޑްވޭވް މޯލްގައި އެ ކުންފުނީގެ ޝޮޕް އިން ޝޮޕް ކައުންޓަރު ތައާރަފްކުރުމަކީލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި ސްޓްރެޓެޖިކް ޕާޓްނަޝިޕަކީ ކަސްޓަމަރުންގެ ދިރިއުޅުން ގުޅާލައި މުއްސަނދި ކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތާ ވަރަށް ފުރިހަމައަށް ގުޅިފައިވާ ޕާޓްނާޝިޕެއް ކަމަށްވެސް ނިޔާޒު ވިދާޅުވި އެވެ.

"މީގެ ސަބަބުން ރެޑްވޭވް މޯލްއިން ޝޮޕިން ކުރާ ކަސްޓަމަރުންނަށް އެއްފުރާޅެއްގެ ދަށުން އުރީދޫގެ ހިދުމަތްތައްވެސް ލިބގަނެ ފުރިހަމަ ޝޮޕިން ތަޖުރިބާއެއް ލިބިގެންދާނެ." ނިޔާޒު ވިދާޅުވި އެވެ.

ރެޑް ވޭވް މޯލްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝުޖާއު ވިދާޅުވީ އުރީދޫ މޯލްޑިވްސްއަށް އެ ކުންފުނީގެ މޯލް އިން މަރުހަބާ ކިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ޝޮޕް އިން ޝޮޕް ކައުންޓަރުން ރެޑްވޭވް މޯލްގައި އަޅުގަނޑުމެން ދޭ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެ. މިކަމުން ދައްކުވައިދެނީ އަޅުގަނޑުމެންގެ އަގުހުރި ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއި ތަފާތު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން،" ޝުޖާއު ވިދާޅުވި އެވެ.

ރެޑްވޭވް މޯލްގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ޝޮޕް-އިން-ޝޮޕް ކައުންޓަރު ހުޅުވާފައި ހުންނަނީ މޯލްގެ އާންމު ވިޔަފާރި ކުރާ ގަޑިތަކުގައެވެ. މި ކައުންޓަރުގެ ސަބަބުން ވިޔަފާރިކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ޓެލެކޮމިއުނިކޭޝަންސްގެ ހިދުމަތްތައް ލިބިގެންދާނެ އެވެ.