ރެޑްވޭވް

ރެޑްވޭވްގެ ހައިސެންސް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

ރެޑްވޭވްގެ ހައިސެންސް ބްރޭންޑުގެ އުފެއްދުންތައް ގަނެފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ "ޕާފެކްޓް މެޗް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

ރެޑްވޭވްގެ ފޭސްބުކް ޕޭޖުން ލައިވްކޮށްގެން ލަކީޑްރޯ ކުރިއަށް ގެންގޮސްފައިވަނީ ރެޑްވޭވް މެގަމޯލް ގައެވެ.

މިޕްރޮމޯޝަންގައި 500 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިޔަކަށް ކޫޕަނެއް ދޫކޮށްފައިވެ އެވެ.

ނަސީބުވެރި ފަސް މީހެއް ހޮވާފައިވަނީ އެތައްހާސް ކޫޕަނެއްގެ ތެރެއިން ގުރުއަތުންނެވެ.

ކޮންމެ މީހަކަށްވެސް ހައިސެންސްގެ ޓީވީއަކާއި އެކު ސަޕްރައިޒް އިނާމެއްގެ ގޮތުގައި ސައުންޑްބާއެއް ލިބުނެވެ.

މި ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމަކީ ގަތަރުގައި ބާއްވާ ފީފާ ވޯލްޑްކަޕްގެ ފައިނަލް މެޗް ބަލައިލުމަށް ދެ ޓިކެޓް ދިނުމެވެ. މިއަދު ވަނީ ދެ ޓިކެޓް ލިބޭ ނަސީބުވެރިޔާ ވެސް ހޮވާފަ އެވެ. މި އިނާމު ލިބުނީ މާނިހް (ކޫޕަން ނަމްބަރު 0007157) އަށެވެ.

ރެޑްވޭވް އިން މައުލޫމާތު ދިން ގޮތުގައި މިޕްރޮމޯޝަން ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުހީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށެވެ.

ހައިސެންސްގެ ޕްރޮމޯޝަންތަކާއި އޮފާތަށް ވޯލްޑްކަޕް ނިމެންދެން ކުރިއަށް ދާނެ ކަމުގައިވެސް ރެޑްވޭވުން މައުލޫމާތު ދީފައިވެ އެވެ.