ރެޑްވޭވް

ލައްކައިން ފައިސާގެ އިނާމު ލިބިގެންދާ ރެޑްވޭވްގެ ރޯދަ ސޭލް ފަށައިފި

Jan 1, 2022

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސުޕަމާކެޓް ވިޔަފާރި ހިންގަމުން ގެންދާ ރެޑްވޭވުން މިއަހަރުގެ ރޯދަ ސޭލް މިއަދު ފަށައިފި އެވެ.

ރެޑްވޭވް ރޯދަ ސޭލް ދުރާލާ މިފަހަރު ފަށާފައި މިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ރެޑްވޭވްގެ ކަސްޓަމަރުންގެ އެދުމަތިން ކަމުގައި ރެޑްވޭވް އިން މައުލޫމާތުދެ އެެވެ. އެގޮތުން މި ޕްރޮމޯޝަންގައި އެކި އެކި އައިޓަމްތަކުން ބޮޑެތި ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވެ އެވެ.

މިއަދުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސޭލްގައި ރެޑްވޭވްގެ ކޮންމެ ފިހާރައަކުންވެސް ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަންގައި އެންމެ ފާހަގަކޮށްލެވެނީ ނަސީބުވެރި ފަރާތްތަކަށް ކަނޑައެޅިފައިވާ ނަގުދު ފައިސާ އިން ގިނަ ބަޔަކަށް ލިބިގެންދާ އިނާމުތަކެވެ. އެގޮތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެ އެވެ. ނަސީބުވެރި އިތުރު 10 ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައެޅިފައިވެ އެވެ.

މީގެ އިތުރުން ރެޑްވޭވް ބްރޭންޑް ތަކުން ގުރުއަތުން ހޮވާލެވޭ ފަސް ފަރާތަކަށް އަގުހުރި އެތައް އިނާމެއް ލިބިގެންދާނެ އެވެ. އަދި ރޯދަ އަށް ބޭނުންވާ ކާބޯތަކެތީގެ އިތުރުން ހިފާގެންގުޅޭ ސާމާނު ނަންހުސްކޮށް މިޕްރޮމޯޝަންގެ ތެރެއިން ލިބިގެންދާނެ އެވެ. އަދި ސޯޝަލް މީޑިއާގައި ރޯދަ ސޭލްގެ ގިނަ ޕްރޮމޯޝަންތަކެއް ހިންގުމަށް ވެސް ރެޑްވޭވުން ނިންމާފައިވެ އެވެ.

ރާއްޖޭގެ ބާޒާރުގައި އެންމެ ކޮލިޓީ ރަނގަޅު މުދާ އެންމެ ހެޔޮއަގުގައި ވިއްކާ ރެޑްވޭވްއިން ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ކުރިއަށް ގެންދާ މި ސޭލަކީ ކަސްޓަމަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެންދާ ޕްރޮމޯޝަނެއް ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.