މޯލްޑިވްސް މީޑިއާ ކައުންސިލް

މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އެމްއެމްސީގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ އެމްއެމްސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޔާމީން އިބްރާހިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ އަވަސް އަށް ވިދާޅުވީ އަމިއްލަ ސަބަބުތަކަށްޓަކައި ޔާމީން އިސްތިއުފާ ދެއްވީ މިިދިޔަ މަހު ކަމަށެެވެ.

ޔާމީންއަކީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ސެކެޓްރީ ޖެނެރަލް އެވެ.

މީޑިއާ ކައުންސިލްގެ ގާނޫނާއި ގަވައިދު ބުނާގޮތުން މީޑިއާ ކައުންސިލްގެ މެމްބަރެއްގެ މަގާމު ހުސްވާތާ 28 ދުވަސް ތެރޭ މެމްބަރު ކަމަށް ބޭފުޅަކު އިންތިހާބު ކުރަންޖެހެ އެވެ. މީޑިއާ ކައުންސިލްގެ މެމްބަރެއްގެ ދައުރަކީ ދެ އަހަރެވެ.

އެހެންކަމުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. މަގާމަށް ކުރިމަތިލާ ނަންތަކަށް އިސްކަންދޭއިރު ގާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ހައްގުތަކުގެ ދާއިރާއިން ނުވަތަ ދީނީ އިލްމުގެ ދާއިރާއިން ނުވަތަ އިޖުތިމާއީ ސައިންސުގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކޮށްފައިވޭތޯ ބަލާނެ އެވެ.

މީޑިއާ ކައުންސިލް އެކުލެވިފައިވަނީ 15 މެމްބަރުންގެ މައްޗަށެެވެ. ނަމަވެސް ޔާމީންގެ އސްތިއުފާއާ އެކު ކައުންސިލްގައި މިވަގުތު ތިއްބެވީ މެންބަރުންނެވެ.