ފިނިޕޭޖް

"ދަ ވިޗާ: ނައިޓްމެއާ އޮފް ދަ ވުލްފް"ގެ އާ ޓްރެއިލާއެއް ނެރެފި

ނެޓްފްލިކްސްއިން ނެރެން އުޅޭ އާ އެނިމޭޓެޑް ފިލްމް "ދަ ވިޗާ: ނައިޓްމެއާ އޮފް ދަ ވުލްފް"ގެ އާ ޓްރެއިލާއެއް ނެރެފި އެވެ.

މި ފިލްމް ނެޓްފްލިކްސްގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.

ފިލްމުގެ މުހިއްމު މަންޒަރުތަކެއް އާ ޓްރެއިލާގައި ވަނީ ދައްކާލާފަ އެވެ. މި ޓްރެއިލާގައި ފިލްމުން ފެނިގެންދާނެ ކެރެކްޓާ ތަކުގެ އިތުރުން ފިލްމުގެ ޕްލޮޓަށް ކޮންމެސް ވަރަކަށް އަލިއަޅުވާލި އެވެ.

މި ފިލްމަކީ މިހާރު ނެޓްފްލިކްސްގައި ރިލީޒްކޮށްފައިވާ ވިޗާ ސީރީޒްގެ ޕްރީކުއަލް އެކެވެ. މި ފިލްމުން ފެނިގެންްދާނީ ދަަ ވިޗާ ސީރީޒްގެ ކުރިން ހިނގާ ދިޔަ ހާދިސާ ތަކެކެވެ. އަދި މި ފިލްމުގައި "ވެޒްމިއާ" ނަމަކަށް ކިޔާ ކެރެކްޓާއެއްގެ ހަޔާތާ ގުޅުވާލައިގެން ބޮޑު ބައެއް ގެނެސްދޭނެ އެވެ. ވެޒްމިއާ އަކީ ދަ ވިޗާ ސީރީޒްގެ ދެވަނަ ސީޒަންގައި އަލަށް އަންނަ ކެރެކްޓާ އެކެވެ. އެހެންކަމުން މި އެނިމޭޓެޑް ފިލްމުން އޭނާއާ ބެހޭ މައުލޫމާތު ތަކެއް ލިބިގެން ދާނެ އެވެ.

މީގެ ކުރިން ނެޓްފްލިކްސްއިން ވަނީ މިދިޔަ މަހު މި ފިލްމުގެ ވަަރަށް ކުރު ޓީޒާ ޓްރެއިލާއެއް ނެރެފަ އެވެ. އެއާ ހިލާފަށް މިފަހަރު ނެރުނު މި ޓްރެއިލާ އަކީ ގިނަ މަންޒަރުތަކެއް ދައްކާލި ދިގު ޓްރެއިލާ އެކެވެ.