އޭޑިކޭ ހޮސްޕިޓަލް

އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންގެ ދެވަނަ ބެޗް ނިންމާލައިފި

އޭޑީކޭ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންގެ ދެވަނަ ބެޗް ގްރެޖުއޭޓުވެއްޖެ އެވެ.

އޭޑީކޭގެ ސްކޫލް އޮފް ހެލްތު ސައިސަންސްއިން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި މިފަހަރު 10 ދަރިވަރުން ބައިވެރިވި އެވެ.

މީގެތެރޭގައި އެއާޕޯޓް އިމެޖެންސީ ސްޓާފުންގެ ތެރޭގައި ހިމެނޭ އަށް މީހަކު ވެސް ހިމެނެ އެވެ. އެގޮތުން އިމެޖެންސީ ހާލަތުގައި ބޭސިކް ލައިފް ސަޕޯޓާއި އަދި ފަސްޓް ރެސްޕޮންޑާސް ގޮތުގައި އެންމެ ގާބިލުކަމާއެކު މަސައްކަތް ކުރުމުގެ ތަމްރީންތައް ކޯހުގެ ބައިވެރިން ވަނީ ފުރިހަމަކޮށްފަ އެވެ.

ދެ މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ކިޔަވައިދެއްވީ އޭޑީކޭގެ ބޭފުޅުންނާއި އަދި ބޭރުގެ އިންސްޓްޓިއުޝަންތަކުގެ މާހިރުންނެވެ.

އިއްޔެ ބޭއްވި ގްރެޖުއޭޝަން ޕްރަގްރާމް ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވަނީ ހޮސްޕިޓަލްތަކުން ފަރުވާ ދިނުމުގެ ކުރިން ދޭ "ޕްރީ ހޮސްޕިޓަލް ކެއާ"ގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. ހަމަ އެހެންމެ ކޮވިޑުގެ އާލަމީ ވަބާއިން ލިބުނު ފިލާފަޅުތަކުން ކަންތައްތަކެއް ދަސްކުރުމަށް އެދިވަޑައިގެންނެވި އެވެ.

އޭޑީކޭއިން އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންގެ ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ 2019 ވަނަ އަހަރު އެވެ.