އޭޑީކޭ ހޮސްޕިޓަލްގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
އޭޑީކޭ އިން ސޯޝަލްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އެތަނުގެ ރަސްމީ އެސްއެމްއެސް ހޭންޑަލް މެދުވެރިކޮށް ފޮނުވަމުންދާ ސްކޭމް މެސެޖުގައިވާ ލިންކަށް ވަދެ ޒާތީ މައުލޫމާތު ނުދިނުމަށް އެދޭ ކަމަށެވެ.
އޭޑީކޭގެ ރަސްމީ އެސްއެމްއެސް ހޭންޑަލް މެދުވެރިކޮށް ސްކޭމް މެސެޖު ފޮނުވި ނަމަވެސް އެ މެސެޖު ފޮނުވަނީ ޕޯސްޓް އޮފީހުގެ މެސެޖެއްގެ ގޮތުގައެވެ.
އެގޮތުން ޕޯސްޓް މެދުވެރިކޮށް ޕެކޭޖު ލިބިފައިވާ ކަމަށާއި އެކަމަކު ކަސްޓަމްސްއަށް ދައްކަންޖެހޭ ފީތަކެއް ނުދައްކާ ހުރުމުން މެސެޖުގައިވާ ލިންކަށް ވަދެ ފައިސާ ދެއްކުމަށް އެދިފައިވެ އެވެ.
ސްކޭމްގެ އަމަލުތައް ހިންގައިގެން މީހުންގެ އަތުން ފައިސާ ހޯދުން ވަރަށް ބޮޑަށް އާންމުވެފައިވާއިރު މިފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުންވެސް ގެންދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.