މޯލްޑިވްސް ޕޮލިސް ސާވިސް

ސްނޯކްލިން އަށް ދިޔަ ރަޝިއާ މީހަކު މަރުވެއްޖެ

ކ. އަތޮޅު ރިސޯޓެއްގައި ސްނޯކްލިން އަށް މޫދަށް ފައިބައިގެ އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 67 އަހަރުގެ ރަޝިއާ ފިރިހެނެކެވެ.

ފުލުހުން ބުނީ ކ. އަތޮޅު ރިސޯޓެއްގައި ސްނޯކްލިން އަށް މޫދަށް ފައިބައިގެ އުޅުނު ފަތުރުވެރިޔަކު ގެނބިގެން އިތުރު ފަރުވާއަށް އޭޑީކޭއަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށެވެ.

މި މީހާ އޭޑީކޭއަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.

"މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުންގެ މެސެޖުގައިވެ އެވެ.