ހުސައިން ޝަމީމް

އެނބުރި އަންނާނީ މާ ވަރުގަދަކޮށް: ޝަމީމް

އެނބުރި އަންނާނީ މާ ވަރުގަދަކޮށް ކަމަށް ބަޔަކު ދިން ހަމަލާއެއްގައި މިއަދު ޒަހަމްވި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ޝަމީމް ވިދާޅުވީ ހަމަލާގައި ވައަތުގައި ރެނދެއްލާފައިވާ ކަމަށާއި މިވަގުތު ހުރީ ގޭގައި އާއިލާއާއެކު ކަމަށެވެ.

"މަސައްކަތާއި ދުވުމާއި ބައިސްކަލް ދުއްވުން އަދި ފެތުމަށް ދެން އެނބުރި އަންނާނީ މާ ވަރުގަދަކޮށް،" ޝަމީމް ވިދާޅުވި އެވެ.

މާލޭގެ ނޫރު މިސްކިތް ކައިރިން މިއަދު ފަތިހު ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ ސައިކަލެއްގައި އައިސް މޫނު ނިވާކޮށްގެން ތިބި ދެ މީހުންނެވެ.

ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ މަރުތޭލެއް ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

ހަމަލާ އާއި ގުޅިގެން ޝަމީމުގެ އަތުގެ ކަށިގަނޑުގައި ރެނދުލާފައިވާތީ އޭޑީކޭ އިން ފަރުވާ ދިނުމަށްފަހު މިހާރު ގެއަށް ދޫކޮށްލާފަ އެވެ.

ޝަމީމަށް ހަމަލާ ދިން މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.