ހުސައިން ޝަމީމް

ޕީޖީ ޝަމީމަށް ހަމަލާދީފި

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މީހަކު ހަމަލާދީފި އެވެ.

ފުލުހުން ބުނީ ޕީޖީ ޝަމީމަށް މާލޭ މަގުމަތިން މީހަކު ހަމަލާދީފައިވާ ކަމަށް މިއަދު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"ހަމަލާދީފައިވަނީ ތޫނު އެއްޗަކުން ނޫން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ،" ފުލުހުން ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުން ޝަމީމަށް ހަމަލާދީފައިވަނީ މަރުތޭލަކުންނެވެ. މި ހާދިސާގައި އޭނާގެ އަތުގެ ކަށިގަނޑުގައި ރެނދުލާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އޭނާއަށް ހަމަލާދީފައިވަނީ ނޫރު މިސްކިތް ކައިރިންނެވެ. މި ހާދިސާ ހިނގިއިރު ޝަމީމްގެ ސެކިއުރިޓީ ނެތް ކަމަށްވެ އެވެ.

ފުލުހުން ބުނި ގޮތުގައި ޝަމީމަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.