މާރާމާރީ ހިންގުން

ރަހީނުކޮށް ޒަަހަމްކޮށްލުން: ދެ މީހަކަށް ދައުވާކުރަން ފޮނުވައިފި

ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތައްދީ ދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފި އެވެ.

އުމުރުން 29 އަހަރުގެ އަހުމަދު އިބްރާހިމް ރަހީނުކޮށް ކާރެއްގައި ގެންގޮސް ޒަހަމް ކޮށްލައި އެއްލާލައިފައި އޮއްވާ ފެނުނީ މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރު ކުރި އެވެ.

ފުލުހުން މިއަދު ބުނީ ނަމަވެސް އޭގެ ތެރެއިން ދެ މީހަކު ދެ މީހަކު ދޫކޮށްލައި އަނެއް ދެ މީހުންގެ މައްޗަށް ދައުވާ ކޮށްދޭން އެދި ފޮނުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އެ ދެ މީހުން ތިބީ ވެސް ފުލުސް ބަންދުގަ އެެވެ.

މާރާމާރީގައި އަހުމަދު އިބްރާހިމް ސިކުނޑިއަށް ލޭ އެޅިފައިވާއިރު އޭނާގެ ބޮލުގެ ބޮޑު އޮޕަރޭޝަނެއް ވެސް އޭޑީކޭގައި ކުރި އެވެ.