ވަޅި ހެރުން

ކުޅުދުއްފުށީގައި މީހަކު ޒަހަމްކޮށްލައިފި

ކުޅުދުއްފުށި ސިޓީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ ރަށުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލާފައިވާ ކަމުގެ ރިޕޯޓެއް މިއަދު 11:41 ގައި ލިބިފައިވާ ކަމަށެވެ. ހަމަލާދީފައި ވަނީ ކުޅުދުއްފުށި ފިހާރައެއް ތެރޭގައި ކަމަށެވެ.

އެ ހަމަލާގައި ޒަހަމް ކޮށްލާފައިވާ ކުޅުދުއްފުށީ އެ މީހާގެ ހާލާއި ޒަހަމްތަކުގެ ތަފްސީލު ލިބިފައި ނުވާއިރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ އޭނާއަށް ފަރުވާދެމުންދެމުންނެވެ. އެއީ 22 އަހަރުގެ ދިވެހި ޒުވާނެކެވެ.

އެނގިފައިވާ ގޮތުގައި ހަމަލާދީފައި ވަނީ ކުޅުދުއްފުށި "ބަރާބަރު" ފިހާރައިގެ މުވައްޒަފަކަށެވެ. މި ހަމަލާއާ ގުޅިގެން ވަނީ މީހަކު ހައްޔަރު ކޮށްފަ އެވެ.