ހަބަރު

މާލޭގައި އިންޑިއާ ދެ މީހަކު މާރާމާރީ ހިންގައިފި

މާލޭގެ މާފަންނުގައި އިންޑިއާ ދެ މީހަކު އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީ ހިންގައި ދެ މީހުން ޒަހަމް ވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ މިއަދު 11:26 ހާއިރު މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ މައުލޫމާތު ލިބުމުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ބުނި ގޮތުގައި މިހާތަނަށް ބެލި ބެލުމުން މި މާރާމާރީ ހިންގާފައި ވަނީ ދެ ބިދޭސީއެއްގެ މެދުގަ އެވެ. އަދި އެއީ އިންޑިއާ ދެ ފިރިހެނުންނެވެ.

މާރާމާރީގައި، އެ ދެ މީހުން ވެސް ވަނީ ތޫނު އެއްޗަކުން އެކަކު އަނެކަކަށް ހަމަލާދީ ޒަހަމްކޮށްފަ އެވެ. އެ ދެ މީހުނަށް އައިޖީއެމްއެޗްގައި ގެންދަނީ ފަރުވާ ދެމުންނެވެ.