ތ. ގުރައިދޫ

ގުރައިދޫގައި އިތުރު ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

May 21, 2020
2

ތ. ގުރައިދޫގައި ބިދޭސީއަކަށް ހަމަލާދީ މަރާލާފައިވަނިކޮށް އިތުރު ބިދޭސީއަކަށްވެސް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި މާރާމާރީއެއް ހިނގާ ތޫނު އެެއްޗަކުން ހަމަލާދިނުމުން ބިދޭސީއަކު ވަނީ މަރުވެފައެވެ. އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މަރަށްފަހު ބިދޭސީންގެ މެދުގައި ހިނގި އިތުރު ހަމަނުޖެހުމެއްގައި ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ. އޭނާއަށް ގުރައިދޫ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ.

އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބިފައިވެެއެވެ.