ލ. އަތޮޅުގެ ހިތަދޫގައި ހަމަލާދީ މީހަކު ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ދިވެއްސަކު ޒަހަމް ކޮށްލީ ރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ. އަދި ބުނީ އެ މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ޒަހަމްކޮށްލި މީހާއަށް އެ އަތޮޅު ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާއަށް ލިބުނު އަނިޔާ އައި ޒަހަމްތަކުގެ ތަފްސީލުތައް އަދި ސާފެއް ނުވެ އެވެ.