މޯލްޑިވްސް ޕޮލިސް ސާވިސް

ދެ ފުލުހަކަށް ބިރު ދައްކާ މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފި

ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ބިރު ދައްކާ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 10:00 ހާއިރު ދެ ފުލުހަކަށް ވަޅިން ބިރުދައްކައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެހި ތިން ފިރިހެނުންނެވެ.

އެއީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހުން ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން އިތުރަށް ބުނީ އެ މީހުން ހައްޔަރުކުރުމުގައި އަމަލުކުރި ގޮތާމެދު ޝަކުވާތަކެއް ލިބިފައިވާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑް އިން އެކަން ބަލަމުންދާ ކަމަށެވެ.