މޯލްޑިވްސް ޕޮލިސް ސާވިސް

މާރާމާރީ ހިންގި އިންޑިއާ މީހަކު ހައްޔަރުކޮށްފި

މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހާފަ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާއަކީ އިމިގްރޭޝަން ގާނޫނާ ހިލާފަށް އުޅޭ މީހެކެވެ.

އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްވެސް ކޯޓު އަމުރުގައިވެ އެވެ.