މޯލްޑިވްސް ޕޮލިސް ސާވިސް

ކުޑަކުއްޖަކަށް އަނިޔާކުރި އިންޑިއާ އަންހެނެއް ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކުރުމުގެ ތުހުމަތުގައި އިންޑިއާ އަންހެނެއް ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އިންޑިއާގެ އުމުރުން 22 އަހަރުގެ އަންހެނެކެވެ.

އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ދީފަ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތެއް ވުޖޫދުވާ ވަރަށް ހެކި ލިބިފައިވެ އެވެ.

އޭގެ ތެރޭގައި ހުށަހެޅިފައިވާ ބަޔާންތަކާއި ކުއްޖެއްގެ ގައިގައި ޖަހާފައިވާ ކަމަށް ބެލެވޭ ވީޑިއޯ ހިމެނެ އެވެ.

އޭނާއަށް ތުހުމަތު ކުރެވެނީ ކުޑަކުއްޖެއްގެ ގައިގައި ޖެހުމުގެ ކުށް ކަމުގައިވާއިރު ކުށުގައި އޭނާ ބައިވެރިވެފައިވާ ގޮތާޢި މި ކުށަކީ އޭނާ ބަލަހައްޓާ ކުއްޖަކާމެދު ހިންގާފައިވާ ކަމެއްކަމުގައިވާތީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ފެންނަ ކަމަށްވެސް އަމުރުގައިވެ އެވެ.