ކޭބަލް ނަރުތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ތުހުމަތު ކުރަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އޭނާ އެ ނަރުތައް ނަގާފައިވަނީ ތާޖުއްދީން ސްކޫލު ކައިރިން ކަމަށް މައްސަލައިގެ ބަޔާން ދިނުމަށް އައި ފަރާތުން ބުނެފައިވާ ކަމަށް އައިއޯ ފާހަގަކޮށްފައިވާ ކަމަށް ބަންދު އަމުރު ރިޕޯޓްގައިވެ އެވެ.
ބަންދު އަމުރު ރިޕޯޓްގައިވާ ގޮތުން މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ވަނީ އެއީ އޭނާ ވައްކަން ކޮށްގެން ހޯދި ތަކެތި ނޫން ކަމަށް ބުނެފަ އެވެ. އެއީ އޭނާ ގޮނޑުން ހޮވައިގެން ގެންގުޅުނު ތަކެތި ކަމަށް ބުނާ ކަމަށްވެސް ބަންދު އަމުރު ރިޕޯޓްގައިވެ އެވެ.
މި މައްސަލައިގައި އޭނާ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.