ވައްކަން

ތިން ބަސްތާ ހަނޑޫ ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

Apr 29, 2020

ނ. ވެލިދޫ ގެއެއްގެ ގުދަނުގައި ހުރި ތިން ބަސްތާ ހަނޑޫ ވަގަށް ނެގި ކަމުގެ ތުހުމަތަށް ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ވެލިދޫ ގެއެއްގެ ގުދަނުގައި ހުރި ތިން ބަސްތާ ހަނޑޫ ވަގަށް ނަގައިގެން ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ މައްސަލައާއި ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ވަގަށް ނެގި ތިން ބަސްތާއިން އެއްބަސްތާ 100 ރުފިޔާއަށް މީހަކަށް ވިއްކާލާފައިވާ ކަމަށެވެ. އަދި އަނެއް ދެ ބަސްތާ ހަނޑޫ އެތަނުން އެކަކު ދިރިއުޅޭ ގޭގައި ފޮރުވާފައި ހުއްޓާ ހޯދައި އޭގެ ވެރި ފަރާތާ ވަނީ ހަވާލުކޮށްފަ އެވެ.