ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހުއްދަ ނެތި ކެނދިކުޅުދޫއަށް ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ނ. މާޅެންދޫ ކޮވިޑް-19 އިގެ ޓާސްކްފޯހުގެ ހުއްދަ އާއި ވެރިފަރާތުގެ ހުއްދައެއް ވެސް ނެތި ދޯންޏެއްގައި އެ ރަށުން ފުރައިގެން އެ އަތޮޅު ކެނދިކުޅުދޫއަށް ދިޔަ ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި މޮނިޓަރިންއަށް ގެންގޮސްފައިވާ ކެނދިކުޅުދޫއަށް ރޭ ދަންވަރު 1:00 ޖަހާކަށް އެހާކަންހާއިރު ދެ މީހަކު ގޮސްފައިވާ ކަމުގެ ރިޕޯޓު ލިބުނެބެ. އެއީ ދިވެހި ދެ ފިރިހެނުންނެވެ.

އެ ދެ މީހުން ކެނދިކުޅުދޫން އަނބުރާ މާޅެންދޫއަށް ދިއުމާއެކު ވަނީ ހައްޔަރު ކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި އެ ދެ މީހުން ހައްޔަރު ކުރިއިރު ތިބީ ކުށުގެ ވެށީގަ އެވެ. އެކަމަކު އެ ކުށުގެ ތަފުސީލެއް ނުދެ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަރައްގީ ކުރަމުންނެވެ.

ތޮއްޖެހިފައިވާ މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ބަލި ފެތުރެމުންދާއިރު، އެއް ރަށުން އަނެއް ރަށަށް ހުއްދަ ނެތި ދަތުރު ނުކުރެވޭ ގޮތަށް މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފަ އެވެ.