ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

ސާމްޕަލް ނުދީގެން އަނެއްކާ ވެސް ހަތަރު އަމުރެއް

May 7, 2020
5

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނުދީގެން މިރޭ ވެސް ހަތަރު މީހެއްގެ މައްޗަށް ސިވިލް ކޯޓުން ކޯޓު އަމުރު ނެރެން ޖެހިއްޖެ އެވެ.

ސިވިލް ކޯޓުން ބުނި ގޮތުގައި މިރޭ އަމުރު ނެރެފައިވަނީ އެ ހަތަރު މީހުންގެ މައްޗަށް ސާމްޕަލް ދިނުމަށް އަމުރު ކުރުމާއެކު އެކަން ތަންފީޒު ކުރުމަށް ފުލުހުންނާއި އެ ކަމުގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް އަމުރު ކުރަން ކަމަށެވެ.

މީގެ ކުރިން ވެސް ސާމްޕަލް ނުދީގެން މީހެއްގެ މައްޗަށް އަމުރެއް ނެރުނެވެ. އަދި ސާމްޕަލް ދިނުމަށް ދެކޮޅު ހެދުމުން އަމުރު ނެރެމުން ވެސް ދެކޮޅު ހެދި މީހަކު ހައްޔަރުކޮށް ސާމްޕަލް ނަގާފައި ވެސް ވެ އެވެ.

އޭގެއިތުރަށް ކަރަންޓީނަށް ދިޔުމަށް ދެކޮޅު ހަދައިގެން ވެސް ބަޔެއްގެ މައްދަށް ސިވިލް ކޯޓުން އަމުރުތައް ނެރެފައިވެ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބަންގްލަދޭޝް މީހަކާއި އޮސްޓްރިއާ މީހެއް ވެސް ހިމެނެ އެވެ.

މިއަދުގެ ވަގުތެއްގައި ކަރަންޓީނު ކޮށްފައި ތިބި ފަސް މީހަކު ފިލާފައިވެސްވެ އެވެ. އޭގެ ތެރެއިން ތިން މީހަކު ހޯދައި މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެ ކުރިން ބައެއް ރިސޯޓްތައް ބަން ދުކޮށްފައި ވަނިކޮށް ރިސޯޓްތަކުން މީހުން ވަގަށް ފޭބުމުގެ ސަބަބުން ހައްޔަރު ކޮށްފައި އެބަ ހުއްޓެވެ. އަދި ވަގަށް ރަށްރަށަށް އަރަނިކޮށް ވެސް މީހުން ހައްޔަރު ކޮށްފައިވެ އެވެ.