މާލެ ސިޓީގެ މަގެއްގެ މަތީ ޖިންސީ ގުނަވަން ދެއްކި މައްސަލައާއި ގުޅިގެން މިދިޔަ އަހަރު ހައްޔަރު ކުރި މީހަކު، މަސްތުވާތަކެތީގެ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން، ހެންވޭރު ބަސް ހުއްޓިއެއް ކައިރި ޖިންސީ ގުނަވަން ދެއްކި މައްސަލާގައި ހައްޔަރު ކުރީ ވެލިދޫ، މިރިހިމާގެ ހާމިދު އަބްދުﷲ އެވެ.
އޭރު އޭނާ ބަންދުކޮށް މުއްދަތު ޖެހިނަމަވެސް އެ މައްސަލައާއި ގުޅިގެން އޭނާގެ މައްޗަށް ދައުވާކޮށް އަދަބެއް ދިން ކަމެއް ސާފެއް ނުވެއެވެ. އެކަމަކު އޭރުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި އޭނާ އޭރު 15 ދުވަހަށް މުއްދަތު ޖެހިއެވެ.
އުމުރުން މިހާރު 40 އަހަރުގެ ހާމިދު އަބްދުﷲ މި ފަހަރު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސްވަނީ ޖަހާފަ އެވެ.
ކުރީގެ ރެކޯޑްތައް ދައްކާ ގޮތުން މިދިޔަ އަހަރު ހާމިދު އަބްދުﷲ މަގުމަތީގައި ޖިންސީ ގުނަވަން ނެރެ ދެއްކިއިރު އެ ސަރަހައްދު ގައި ގިނަ ބަޔަކު ވެސް ތިއްބެވެ. އަދި އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރި ފުލުހުންނާ މާރާމާރީ ވެސް ހިންގި ކަމަށް އޭރުގެ ރެކޯޑްތައް ދައްކައެވެ.