ކްރިމިނަލް ކޯޓް

ސޭޓު ކަރުގައި ވަޅި އެޅި އަންހެން މީހާ ތަހުގީގު ނިމެންދެން ބަންދަށް

އަންހެން މީހާ ސޭޓަށް ހަމަލާ ދެނީ
0%
0%
0%

މާލޭގައި ހުންނަ ފިހާރައަކަށް ވަދެ ބިދޭސީއެއްގެ ކަރުގައި ވަޅި އެޅި މައްސަލައިގައި ހައްޔަރު ކުރި އަންހެން މީހާ، ތަހުގީގު ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.

މާލޭގައި ހުންނަ ފިހާރައަކަށް ވަދެ ބިދޭސީއެއްގެ ކަރުގައި ވަޅި އެޅި މައްސަލައިގައި ހައްޔަރު ކުރި އަންހެން މީހާ، މިހާރު އަނެއްކާވެސް ހައްޔަރުކޮށްފައި ހުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައެވެ. އެ އަންހެން މީހާއަކީ ތ. ތިމަރަފުށި ސަލްވާ، ފާތިމަތު ޝަހުދާ އެވެ.

ޝަހުދާ މި ފަހަރު ހައްޔަރުކުރިއިރު އޭނާގެ އަތުން ކަޓަރެއްވެސް ފެނިފައިވެ އެވެ. އޭނާ ހައްޔަރުކޮށް އޭނާގެ ބަންދަށް ކޯޓުން އެންމެ ފުރަތަމަ ވަނީ 15 ދުވަސް ޖަހާފަ އެވެ. އެ މުއްދަތު ހަމަވެގެން ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން، ތަހުގީގު ނިމެންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފަ އެވެ.

މި އަންހެން މީހާ އަކީ މިފަދަ ކުށްތަކުގެ ރެކޯޑް އޮންނަ މީހެއްކަން އޭނާގެ ބަންދު އަމުރުގައިވެސް ފާހަގަކޮށްފައިވެ އެވެ.

ޝަހުދާ ވަނީ މީގެ ކުރިން މަޖީދީމަގުގައި ހުރި ފޯނު ފިހާރައަކަށް ވަދެ އެތަނުގެ ސޭޓަކަށް ހުރި ބަންގްލަދޭޝްގެ ފިރިހެނެއްގެ ކަރުގައި ވަޅި އެޅުމާ ގުޅިގެން ހައްޔަރުކޮށްފަ އެވެ. އެ ފަހަރު މި އަންހެން މީހާ ސޭޓަށް ވަޅިން ހަމަލާދޭ މަންޒަރުގެ ވީޑިއޯވެސް ސޯޝަލްމީޑިއާގައި ބަޔަކު އާންމުކުރި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910