މާރާމާރީ ހިންގުން

ހިރިލަންދޫ މާރާމާރީ: ހައްޔަރުކުރި މީހެއްގެ ބަންދަށް 15 ދުވަސް

ހިރިލަންދޫ.
0%
0%
0%

ތ. ހިރިލަންދޫގައި އާދިއްތަ ދުވަހުގެ ރޭ ހިންގި މާރާމާރީ އާއި ގުޅިގެން ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ބަންދަށް 15 ދުވަސް ދީފި އެވެ.

މާރާމާރީއާ ގުޅިގެން ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ 32 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެކެވެ. މައްސަލައިގައި ހައްޔަރުކުރި 36 އަހަރުގެ މީހާގެ ބަންދަށް ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ދީފައިވާއިރު 32 އަހަރުގެ މީހާ ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުން ބުނި ގޮތުގައި ހިރިލަންދޫ ގެއެއްގެ ތެރެއަށް ވަދެ މާރާމާރީ ހިންގާފައިވާކަމުގެ މައުލޫމާތު ލިބުނީ އާދިއްތަ ދުވަހުގެ ރޭ 10:00 ހާއިރު އެވެ.

މާރާމާރީގައި 49 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކަށް ވަނީ އަނިޔާވެފަ އެވެ.

މާރާމާރީއާ ގުޅިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް އިންޒާރުދިން މައްސަލައެއްވެސް އާދިއްތަ ދުވަހުގެ ރޭ ހުށަހެޅުނު ކަމަށް ފުލުހުން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345