ހަމަ ނުޖެހުމެއް ތެރޭގައި މީހެއްގެ ގަޔަށް ވަޅި ހެރި ޒަހަމް ވެއްޖެ އެވެ.
ފުލުހުން ބުނީ ހެންވޭރުގެ ގެއެއްގެ ކައިރީ މީހެއްގެ ގަޔަށް މިއަދު ވަޅިއެއް ހެރިފައިވާ ކަމަށާއި އެ ހާދިސާ ހިނގާފައި ވަނީ ރައްޓެވި ވެގެން އުޅުނު ބިދޭސީ އަންހެނަކާއި ބިދޭސީ ފިިރިހެނަކު ރުޅިވުމުން އެ ދެ މީހުންގެ ތެރޭގައި އުފެދުނު ހަމަނުޖެހުމެއްގެ ތެރެއިން ކަމަށެވެ.
ހަމަނުޖެހުމުގެ ތެރޭގައި އަންހެން މީހާ އޭނާގެ ގައިގައި އަމިއްލައަށް ވަޅި އަޅަން އުޅުމުން އެހެން ބިދޭސީ ފިރިހެނަކު ގޮސް އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައި އޭނާގެ އަތަށް ވަޅި ހެރުނީ އެވެ.
މި ހާދިސާގައި ޒަހަމްވި ފިރިހެން މީހާގެ ޒަހަމް އެހާ ފުނެއް ނޫނެވެ. ފުލުހުން ދަނީ މި މައްސަލަ ބަލަމުންނެވެ.