ވަޅި ހެރުން

ޒަހަމްކޮށްލި މީހާގެ ހާލު ސީރިއަސްއެއް ނޫން

Nov 4, 2020

ކުޅުދުއްފުށި ސިޓީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

އެ ރަށުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ 22 އަހަރުގެ ފިރިހެނަކަށެވެ. ހަމަލާދީފައި ވަނީ ކުޅުދުއްފުށި ފިހާރައެއް ތެރޭގަ އެވެ. ފުލުހުން މިއަދު ބުނީ، އެ މީހާ އަށް އެ ރަށު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ހަމަލާ އާ ގުޅިގެން ފުލުހުން ވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ހަމަލާދީފައި ވަނީ ކުޅުދުއްފުށި "ބަރާބަރު" ފިހާރައިގެ މުވައްޒަފަކަށެވެ. މި ހަމަލާއާ ގުޅިގެން ވަނީ މީހަކު ހައްޔަރު ކޮށްފަ އެވެ.