މޯލްޑިވްސް ޕޮލިސް ސާވިސް

ސައިކަލުތަކެއް ރޯކޮށްލި ތިން މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީ ގެއެއްގެ ގޯތި ތެރޭގައި ހުރި ސައިކަލްތަކެއްގައި ރޯކޮށް އަންދާލުމުގެ ތުހުމަތަށް ތިިން މީހަކު ހައްޔަރު ކޮށްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ 43 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ. މިއީ ދިވެހިންނެވެ.

އޭގެތެރެއިން ފުރަތަމަ މީހާ ހައްޔަރު ކުރީ މި މަހުގެ 24 ވަނަ ދުވަހު އެވެ، އަނެއް ދެ މީހުންގެ ތެރެއިން އެކަކު 26 ވަނަ ދުވަހު އެވެ. ދެވަނަ މީހާ 27 ގައެވެ. މި އެ އެންމެނަށް ވެސް ވަނީ ކޯޓުން ބަންދު މުއްދަތު ދީފަ އެވެ.

ފުލުހުން ބުނާ ގޮތުގައި ހައްޔަރު ކޮށްފައިވާ ތިން މީހުންގެ ތެރެއިން ދެ މީހަކީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތި އަދި މާރާމާރީގެ ރެކޯޑް އޮންނަ މީހުނެވެ.

ކުޅުދުއްފުށީ ގެއެއްގެ ގޯތި ތެރޭގައިހުރި ސައިކަލްތަކެއްގައި އަލިފާން ރޯކޮށްލި މައްސަލަ ފުލުހަށް ހުށަހެޅިފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ ހާދިސާގައި ތިން ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ އެނދި އިރު އިތުރު ސައިކަލަކަށް ވެސް ގެއްލުންވި އެވެ.