ހަބަރު

ކުޅުދުއްފުށީ ވެހިކަލްތަކެއްގައި ރޯކޮށްލީ ގަސްދު: ފުލުހުން

Oct 22, 2019

ހދ. ކުޅުދުއްފުށީ ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ހިންގި އަމަލެއްކަމަށް ބެލެވޭކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ކުރިން ބުނެފައިވަނީ ކުޅުދުއްފުށީ ކަކާގޭގައި ހުރި ސައިކަލެއްގައި ރޯވުމުން ފުލުހުން އެ ސަރަހައްދަށް ދިޔަަ އިރު ސައިކަލުގެ އިތުރުން އެ ގޭގެ އަސްކަނިގެ ސީލިންގާއި ރަށު ޕިކަޕެއްގައި ރޯވެ އަނދާފައިވާ ކަމަށެވެ.

އެ ހާދިސާގައި އަލިފާން ނިއްވާލ،ީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ނެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުގައި، އެ ހާދިސާއަކީ ގަސްދުގައި ރޯކޮށްލުމުގެ ސަބަބުން ހިނގި ހާދިސާއެއްކަމަށް ބެލެވޭ ކަމަށެވެ.

"ނަމަވެސް މި މައްސަލާގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވޭ،" ފުލުހުން އިތުރަށް ބުންޏެވެ.

ރޭގެ އަލިފާނުގެ ސަބަބުން އެ ގެއާ ޖެހިގެން ހުރި ގެއަށްވެސް އަލިފާނުގެ އަސަރު ކޮށް ގެއްލުންވެފައި ވެއެވެ.