ހަބަރު

ވެހިކަލްތަކެއްގައި ރޯކޮށްލުމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

Oct 31, 2019
ކުޅުދުއްފުށީ ކަކާގޭގައި ހުރި ސައިކަލެއްގައި ރޯކޮށްލުމުން އެ ގެއަށްވެސް ވަނީ ގެއްލުންވެފައި. -- ފޮޓޯ: ޕީއެސްއެމް
0%
0%
0%

ހދ. ކުޅުދުއްފުށީގެ ގެއެއްގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ކަކާގޭގައި ހުރި ސައިކަލެއްގައި ރޯވުމުން ފުލުހުން އެ ސަރަހައްދަށް ދިޔަަ އިރު ސައިކަލުގެ އިތުރުން އެ ގޭގެ އަސްކަނިގެ ސީލިންގާއި ރަށު ޕިކަޕެއްގައި ރޯވެ އަނދާފައިވާ ކަމަށެވެ.

އެ ހާދިސާގައި އަލިފާން ނިއްވާލ،ީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ނެވެ.

އެ ހާދިސާއަކީ ގަސްދުގައި ރޯކޮށްލުމުގެ ސަބަބުން ހިނގި ހާދިސާއެއްކަމަށް ބެލެވޭ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، އެ ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހު 30 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން އެމީހާގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްދީފައިކަމަށް ފުލުހުން އިތުރަށް ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345