ރަސްދޫ

ރަސްދޫގައި ބަރަހަނާ ފިލްމު ކުޅުނު ކަމަށް ބުނާ މައްސަލަ ބަލަނީ

އއ. ރަސްދޫއަށް ދިޔަ ފަތުރުވެރިންތަކެއް އެރަށުގެ ގޮނޑުދޮށާއި މަގުތަކުގައި ބަރަހަނާ ފިލްމު ކުޅުނު ކަމަށް ބުނާ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ރަސްދޫއަށް ދިޔަ ރަޝިއާގެ ފަތުރުވެރިންތަކެއް އެރަށުގައި ކުޅެފައިވާ ކަމަށް ބުނާ ބަރަހަނާ ފިލްމުތަކެއްގެ ބައެއް މަންޒަރު ކަމަށް ބުނާ މަންޒަރުތަކެއް ސޯޝަލްމީޑިއާގައި މިރޭ ވަނީ އާންމުވެފަ އެވެ.

ފުލުހުން މިރޭ ބުނީ ރަސްދޫ މަގުތަކާއި ގޮނޑުދޮށުގައި ފަތުރުވެރިންތަކެއް ބަރަހަނާ ފިލްމު ކުޅުނު ކަމަށް ބުނާ މައްސަލައިގައި އަދި މިހާތަނަށް އެ އިދާރާއަށް އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ.

"އެހެންނަމަވެސް ސޯޝަލްމީޑިއާގައި އެފަދަ ވާހަކަތަކެއް ދައުރުވަމުންދާތީ ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.

ރަސްދޫއަކީ ގިނަ އަދަދަކަށް ގެސްޓްހައުސް ހުރި އަދި ލޯކަލް ޓޫރިޒަމް ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާކޮށްފައިވާ ރަށެކެވެ.