އެޑްވަޓޯރިއަލް

އަގުހުރި އިނާމުތަކާއެކު ކޮކާ-ކޯލާގެ ހާއްސަ ޕްރޮމޯޝަނެއް

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށެން ތައްޔާރުވަމުން އަންނައިރު، ޓީވީ އާއި ސްމާޓްފޯން އަދި އެ ނޫން ވެސް ތަފާތު އެތައް އަގުހުރި އިނާމްތަކެއް ލިބޭ ޕްރޮމޯޝަނެއް ކޮކާކޯލާ އިން ފަށައިފި އެވެ.

މި ޕްރޮމޯޝަން މެދުވެރިކޮށް، ގޭގައި ތިބެގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު އެކި ފަރާތްތަކަށް ލިބޭނެ އެވެ. "ކޯކް، ފުޑް އެންޑް ފުޓްބޯލް"ގެ ނަމުގައި ފެށި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 15 އިން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 300 އެމްއެލް، 500 އެމްއެލް، 1.25 ލީޓަރު އަދި ދެ ލީޓަރުގެ ކޯކު ފުޅި ގަނެގެންނެވެ. އެގޮތުން ޕްރޮމޯޝަނަށް ހާއްސަކޮށް ބާޒާރަށް ނެރެފައިވާ ރަންކުލައިގެ މަތިޖެހި ކޯކު ފުޅީގެ މަތިގަނޑުގެ އެތެރޭގައި އިންނަ ކޯޑު 2626 އަށް އެސްއެމްއެސް ކުރުމުން ބައިވެރިވެވުނީ އެވެ. އިނާމު ދޭނީ ގުރުއަތުން ހޮވޭ ފަރާތްތަކަށް ކަމަށާއި އިނާމު ބަލާ ދާއިރު ގުރުއަތުން ހޮވޭ ކޯޑު ހިމެނޭ މަތިގަނޑު ގެންނަން ވާނެ ކަމަށް ކޮކާ ކޯލާ އިން ބުނެ އެވެ.

ޕްރޮމޯޝަންގައި ލިބޭނެ އިނާމުތަކުގެ ތެރޭގައި 20 ސްމާޓްފޯން، 50 އިންޗީގެ 25 ޓީވީ ހިމެނެ އެވެ. އަދި ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ފަރާތަކަށް ކޯކުގެ ލޯގޯ ޖަހާފައިވާ 45 ލިމިޓެޑް އެޑިޝަން ކުދި ފްރިޖު ލިބޭނެ އެވެ. އަދި ކޯކުގެ ބްރޭންޑްކޮށްފައިވާ 225 މާޗެންޑައިޒް ވެސް އިނާމުތަކުގެ ތެރޭގައި ހިމެނެ އެވެ.

ކޮކާކޯލާ އާއި ފުޓްބޯޅަ ވަނީ ގުޅިލާމެހިފައި ކަމަށާއި ގޭގައި ތިބެގެން ރައްކާތެރިކަމާއެކު ފުޓްބޯޅަ ބަލައިލުމުގެ ފުރުސަތު ދިވެހިންނަށް ފަހިކޮށްދިނުމަށްޓަކައި، ކޯކުގެ މީރު ރަހައިން ކާތަކެތި އިތުރަށް ފުރިހަމަކޮށްލައި އަދި އަގުހުރި އިނާމުތަކެއް ހޯދޭނެ މި ޕްރޮމޯޝަން ފެށުމަކީ ލިބޭ ފަހުރެއް ކަމަށް ކޮކަ ކޯލާ ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހަ ވިދާޅުވި އެވެ.

"ދިވެހިންނަކީ ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ލޯބިކުރާ ބަޔަކަށްވާއިރު، މި ފޯރީގައި ކޮކާ-ކޯލާ އިން ބައިވެރިވުމުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފުޓްބޯޅަށް އަށް ލޯބިކުރާ
ފަރާތްތަކަށް ލިބޭނެ" ޕަންކަޖް ސިންހަ ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު އަދި ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ބްރޭންޑެއް ކަމަށްވާ ކޮކާ ކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 135 އަހަރު ވަނީ ވެފަ އެވެ. ރާއްޖޭގައި ކޮކާ ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ ކޯލާ ކޮމްޕެނީ އިން ވަނީ ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން އެކި ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާ ކޯލާ ބްރޭންޑުން ކުރިއަށްގެންދެ އެވެ