އެޑްވަޓޯރިއަލް

ރެޑްވޭވުން ހެޔޮ އަގުގައި ހައިސެންސް އޭސީ ޕްރީއޯޑާ ކޮށްދެނީ

Aug 26, 2021

ރެޑްވޭވުން ވިއްކާ ހައިސެންސް އޭސީ ޕްރީ އޯޑާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައިސެންސް އޭސީ އަކީ ކަރަންޓް ހަރަދު ކުޑަ އިންވާޓާ ޓެކްނޮލޮޖީ ގައި ހިމެނޭ، އަދި އެނާޖީ ސޭވިންގް އާރް-32 ގޭސް ބޭނުން ކުރާ ގޮތަށް އުފައްދާފައިވާ އޭސީ އެކެވެ.

ރޭޑްވޭވުން ބުނީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް އުފައްދާފައިވާ ހައިސެންސް އޭސީ ޕްރީ އޯޑާ ކުރުމުން އާންމުކޮށް ވިއްކާ އަގަށްވުރެ، އަގު ހެޔޮވާނެ ކަމަށެވެ.

މި އޭސީއާ އެކު ހިލޭ އިންސްޓޮލޭޝަން ކިޓް އަދި އެއް އަހަރު ދުވަހުގެ ވޮރެންޓީ ލިބެ އެވެ.

ރެޑްވޭވުން ޕްރީ އޯޑަރަށް ހުޅުވާލާފައިވަނީ 10،000 އާއި 12،000 އަދި 18،000 ބީޓީޔޫގެ އޭސީ އެވެ. ޕްރީ އޯޑާ ކުރި ތަކެތި އަންނަ މަހުގެ ދެވަނަ ހަފްތާ ތެރޭގައި ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ރެޑްވޭވުން ވަނީ މައުލޫމާތު ދީފަ އެވެ.

ހައިސެންސް އޭސީގެ އިތުރުން އެލްޖީ މެޝިންގެ ހަތަރު މޮޑެލަކާއި އަދި ޝާޕް ރެފްރިޖެރޭޓަރު ވެސް ވަނީ ޕްރީއޯޑަރަށް ހުޅުވާލާފަ އެވެ. މި ތަކެތި މިމަސް ނިމުމުގެ ކުރިން ލިބޭނެ ކަމަށް ރެޑްވޭވުން ބުނެ އެވެ.

ރެޑްވޭވްގެ ވެބްސައިޓް މެދުވެރިކޮށް ޕްރީ އޯޑާ ކުރެވޭނެ އެވެ. އަދި ރެޑްވޭވް މެގަމޯލް، ޕެވިލިއަން، ހޯލްސޭލް އަދި ރެޑްވޭވް ލިވިން އިން އޯޑަރުތައް ބަލައިގަންނާނެ އެވެ.