ތުރުކީގެ މަޝްހޫރު ޕާސްްތާ ބްރޭންޑެއް ކަމަށްވާ "ބެސްލާ ޕާސްތާ" މިހާރު ރެޑްވޭވް އިން ލިބެން އެބަހުއްޓެވެ.
ބެސްލާ ކުންފުންޏަކީ 1960 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. މި ކުންފުންޏަކީ ތުރުކީގައި ފާހަނގަ ކޮށްލެވޭ މަތީފެންވަރުގެ ވަރުގަދަ ކުންފުންޏެކެވެ. މި ކުންފުންޏަށް ވަނީ އެސޯސިއޭޝަން އޮފް ޕްރޮޓެކްޝަން އޮފް އޯލް ކޮންޒިއުމާސްގެ "ގޯލްޑެން ބްރޭންޑް" އެވޯޑް އަދި ތުރުކީގެ ފުޑް އެންޑް އިންޑަސްޓްރީ އެމްޕްލޮޔަސް ޔޫނިއަންގެ އެންމެ ކާމިޔާބު ކުންފުނީގެ އެވޯޑް ބެސްލާ އަށް ލިބިފަ އެވެ.
މި ބްރޭންޑްގެ އެކި ވައްތަރުގެ ޕާސްތާ ރާއްޖެ އެތެރެކޮށް ވިއްކަނީ ރެޑްވޭވް އިންނެވެ. ބެސްލާ ކުންފުނީގެ ދަށުން އެކި ބްރޭންޑްތައް އެފެދިގެން ދިޔަ އެވެ. ނަމަވެސް ބެސްލާއަކީ މި ކުންފުނީގެ މައިގަނޑު ބްރޭންޑެވެ. މި ބްރޭންޑްގެ ފަސް ބާވަތެއްގެ ޕާސްތާ މިހާރު ރެޑްވޭވް އިން ލިބެން އެބަހުއްޓެވެ. އަދި ބެސްލާ ޕާސްތާގެ 500 ގްރާމްގެ މިޕެކެޓް ރެޑްވޭވް އިން ރީޓެއިލްކޮށް ވިއްކަމުންދަނީ 11 ރުފިޔާ އަށެވެ.
މި ޕާސްތާއަކީ 100 ވީޓް [ދޮރަން] އިން އުފައްދާފައިވާ އެއްޗެކެވެ. މި ޕާސްތާގެ އެލްބޯ އާއި ފުސިލީ އަދި ޕެންނޭ އާއި ޝެލްސް އަދި ސްޕެގެޓީ ޕާސްތާ ރެޑްވޭވުން ލިބެން ހުރެ އެވެ. މީގެ އިތުރުން ވެސް ބެސްލާ ކުންފުނީގެ ބްރޭންޑެއް ކަމަށްވާ ސަންޓާ ސޯފިއާ ބްރޭންޑުގެ ޕާސްތާއިން ލަޒާނިއާ ޝީޓް އަދި ޓްރައިކަލާ ޕާސްތާ ހެޔޮއަގުގައި ރެޑްވޭވް އިން ލިބިވަޑައިގަންނަވާނެ އެވެ.
ބެސްލާ ޕާސްތާއަކީ ސިއްހަތަށް ރަނގަޅު ފެންވަރު ރަނގަޅު އަދި އެހާމެ އަގުހެޔޮ ބްރޭންޑެއްކަމުގައި ރެޑްވޭވުން މައުލޫމާތު ދެ އެވެ. އެގޮތުން ޕާސްތާއަށް ލޯބިކުރާ ފަރާތްތަކަށް ބެސްލާ ބްރޭންޑަކީ ޔަގީނުން ވެސް އެންމެ ރަނގަޅު އެއް ބްރޭންޑަށް ވެގެންދާނެކަމުގައި އެ ކުންފުނިން މައުލޫމާތު ދެ އެވެ.