ސްޓެލްކޯގެ ސޭލްސް ސެންޓަރުން އޯޕީޓީ ބްރޭންޑްގެ ތަކެއްޗަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ސްޓެލްކޯއިން ބުނީ ސެންޓަރުން ކުރިއަށް ގެންދަނީ އޯޕީޓީ ބްރޭންޑްގެ އެކި ޓޫލްސްތަކުގެ ޕްރޮމޯޝަނެއް ކަމަށެވެ. އޯޕީޓޯ ޓޫލްސްއަކީ ކަރަންޓުގެ މަސައްކަތަކަށް ބޭނުންވާ ސާމާނުތަކެކެވެ. މި ބެރޭންޑްގެ އައިޓަމް ތަކަކީ ވަރަށް ކޮލިޓީ ތަކެތި ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
އޯޕީޓީ ޓޫލުސްގެ ތެރޭގައި ކޭބަލް ކަޓާސް، ހޭންޑް ޕޭޕާ ކަޓާސް، ހައިޑްރޯލިކް ޕަންޕް، ނަރުކެނޑީގެ އިތުރަށް ވެސް ކަރަންޓުގެ މަސައްކަތައް ބޭނުންވާ އިތުރު ތަކެތި ހިމެނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮމޯޝަންގައި 50 ނުވަތަ 40 ޕަސެންޓްގެ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
ސްޓެލްކޯގެ ސޭލްސް ސެންޓަރަކީ ކަސްޓަމަރުންނަށް އިލެކްޓްރިކް އައިޓަމްސް ފޯރުކޮށްދޭން ހުޅުވި ފިހާރަ އެކެވެ. ނަމަވެސް އެތަނުން މިހާރު ކަރަންޓާއި ގުޅުންހުރި ސާމާނުތަކުގެ އިތުރުން ކަރަންޓާ ގުޅުންހުރި ހިދުމަތްތައް ވެސް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރިނިއުބަލް އޭނާޖީ ބޭނުންކުރުން ރާއްޖޭގައި އިތުރު ކުރުމުގެ ތެރެއިން ސޯލާ ޕެނަލް ވެސް އެ ސެންޓަރުން ހަރުކޮށްދެ އެވެ.
"ސޭލް ސެންޓަރުން ލިބެން ހުންނަ ސާމާނުތަކަކީ ސްޓެލްކޯގެ އިންޖިނިއަރުން ކޮލެޓީ ޗެކްކޮށްފައިވާ ތަކެތި" ސްޓެލްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ހަސަން މުއާޒް ވިދާޅުވި އެވެ.
ގޭގޭގައި ހުންނަ ޓްރާންސްޕޯމާ ނުވަތަ ޕެނަލްތަކަށް ދިމާވާ މައްސަލަތައް ވެސް އެ ސެންޓަރުން ހައްލު ކޮށްދޭ ކަމަށާއި ކަސްޓަމަރުންގެ ހުށަހެޅުމަށް ޓްރާންސްފޯމާ ރާއްޖޭއިން ބޭރުން ގެނެސްދީ އިންސްޓޯލުވެސް ކޮށްދޭ ކަމަށް މުއާޒު ވިދާޅުވި އެވެ. ކަރަންޓާ ގުޅޭ ހުރިހާ ހިދުމަތްތަކެއް ސޭލް ސެންޓަރުން ލިބެނޭ ކަމަށްވެސް މުއާޒު ވިދާޅުވި އެވެ.