ސްޓެލްކޯ

ހިޔާއިން ކަރަންޓު ގޮސް ދައްޗާ ކުރިމަތި ވެއްޖެ

ހިޔާގެ ފްލެޓްތަކުގެ ކަރަންޓް ކޭބަލްތަކަށް ގެއްލުންވެ ފްލެޓްތަކުން ކަރަންޓް ގޮސް ހިޔާގައި އުޅޭ މީހުނަށް ދަތިތަކާ ކުރިމަތި ވެއްޖެ އެވެ.

ސްޓެލްކޯއިން ބުނީ ކޮނުމުގެ މަސައްކަތެއްގެ ތެރޭގައި ކޭބަލްތަކަށް ގެއްލުންވީ ކަމަށާއި އެހެންވެ ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި ބުނީ މައްސަލަ ހައްލުކޮށް ކަރަންޓު ދޭން މަސައްކަތް ކުރާ ކަމަށެވެ.

ހިޔާއަށް ސްޓެލްކޯގެ ކަރަންޓު ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އޭރުގައި ކަރަންޓު ދެމުން ގެންދިޔައީ އެކި ޓަވަރުތަކަށް އެކި ވަގުތުތަކުގަ އެވެ. ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުން ސްޓެލްކޯއިން ވަނީ ހުރިހާ ގަޑިތަކުގައި 16 ޓަވަރަށް ކަރަންޓުގެ ހިދުމަތް ދޭން ފަށާފަ އެވެ.

ހިޔާ ފްލެޓްތަކުގައި އޯގަސްޓް މަހުން ފެށިގެން މީހުން ދިރިއުޅެމުންދާއިރު 1،000 ފްލެޓަށް ވުރެ ގިނަ ފްލެޓްގައި މިހާރު މީހުން ދިރިއުޅެ އެވެ.