ސްޓެލްކޯ

މެންދުރުފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މިއަދު މެންދުރުފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މިއަދު މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 4:00 އާއި ދޭތެރޭ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.

މިގޮތުން ހެންވޭރު އަމީރު އަހުމަދު މަގާއި، ކަސްތޫރިމަގު އަދި ރޯޝަނީ ގޯޅިން ކަރަންޓުގެ ހިދުމަތް މެދުކެނޑި ދާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން ދިމާވާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް ވެސް އެދިފަ އެވެ.

މާލެއަށް ކަރަންޓު ފޯރުކޮށްދޭން ސްޓެލްކޯ އިން ދަނީ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ ދަށުން ހިދުމަތްތަކަށް ޒަމާނީ ބަދަލުތަކެއް ގެނެސް ކަސްޓަމަރުންނާ ގާތުން ހިދުމަތް ދޭން ވަނީ ފަށާފަ އެވެ.