ސްޓެލްކޯ

ބައެއް ސަރަހައްދުން ކަރަންޓު ކެނޑިއްޖެ

ހެންވޭރާއި ގަލޮޅުން ކަރަންޓު ކެނޑިއްޖެ އެވެ.

ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ހެންވޭރާއި ގަލޮޅުން ކަރަންޓު ކެނޑިފައިވާ ކަމަށް ސްޓެލްކޯ ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.

ސްޓެލްކޯ އިން ބުނީ އެ މައްސަލަ ހައްލުކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

ޓެކްނިކަލް މައްސަލަތައް ދިމާވެ ވަރަށް އަވަސް އަވަހަށް ކަރަންޓު ކެނޑެ އެވެ. އެކަމާ ގުޅިގެން އާންމުން ގެންދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.