ކަރަންޓުގެ މައްސަލަ

މާލެއިން ކަރަންޓު ކެނޑިއްޖެ، އަދިވެސް ހިނގައިދާނެ

Jul 21, 2021
1

މުޅި މާލެއިން މިއަދު ކަރަންޓު ކެނޑި އާންމު ދިރިއުޅުމަށާއި އާންމު ހިދުމަތަކަށް ބުރޫ އަރައިފި އެވެ.

މިއަދު 12:00 ޖަހާ އެހާކަންހާއިރުން ފެށިގެން މުޅި މާލެއިން ބައިގަޑިއިރެއްހާ އިރަށް ކަރަންޓު ދިޔަ އެވެ. ކަރަންޓު ދިއުމަށް ފަހު މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ ކަރަންޓް ލިބިފަ އެވެ.

ސްޓެލްކޯއިން މިއަދު ބުނީ ގްރޭޓާމާލެ ގްރިޑްގެ ދެެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މުޅި މާލެއިން މިއަދު ކަރަންޓުކެނޑިފައިވާ ކަމަށާއި އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށައި މުޅި މާލެއަށް ކަރަންޓު އަލުން ދިނުމަށް ގަޑިއެއްހާއިރު ވާނެ ކަމަށެވެ.

އަދި ބުނީ މިހާރު ހިނގާ މުހިންމު މަސައްކަތް ކުރިޔަށްދާއިރު މިއަދު އަދިވެސް ކަރަންޓު ކެނޑިދާނެ ކަމަށެވެ. ގްރޭޓާމާލެ ގްރިޑްގެ މަސައްކަތް ކުރަމުންދާއިރު، މިއަދު ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ކުރިން ވަނީ ކަރަންޓު ކުންފުނިން އިއުލާނު ކޮށްފަ އެވެ.

މައި ކަރަންޓު ކުންފުނިން ކުރިން ބުނި ގޮތުގައި ރޭޓާމާލެ ގްރިޑްގެ ދެެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަން ނިންމާފައި ވަނީ މާދަމާގެ ނިޔަލަށެވެ. ދެމެދަށް އަންނަ 20 ވަނަ ދުވަހަކީ އީދަށް ވުމުން އެ ދުވަހު އެ މަސައްކަތް ނުކުރާނެ އެވެ. އެހެންވެ 21 ގައި ކަރަންޓް ހިނގައިދާނެ އެވެ.

މުޅި މާލެއިން ކަރަންޓު ދިއުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ.