ސްޓެލްކޯ

ސްޓެލްކޯގެ ޓެސްޓްތައް ނިންމާލައިފި

ކަރަންޓު ނުކެނޑި ސްޓެލްކޯގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން މިއަދު ކުރިއަށް ގެންދިޔަ ޓެސްޓްތައް ނިންމާލައިފި އެވެ.

ސްޓެލްކޯއިން ރޭ ބުނީ ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ މަސައްކަތެއް އޮތުމުން މިއަދު ހެނދުނު މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑިދާނެ ކަމަށެވެ. ނަމަވެސް މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތައް އެއްވެސް މައްސަލައެއް ދިމާނުވެ އެ ޓެސްޓްތައް މިހާރު ވަނީ ނިންމާފަ އެވެ.

މާލޭގެ ބޮޑު ބަޔަކުން މިދިޔަ ބުދަ ދުވަހު ކަރަންޓް ކެނޑި ބައެއް އިދާރާތަކުގެ ހިދުމަތް ވެސް އެތައް އިރަކަށް މެދުކެނޑިގެން ދިއުމުން ގިނަބައެއްގެ ފާޑުކިޔުން އޮތީ އަމާޒުވެފަ އެވެ.

ސްޓެލްކޯ އިން މިހާރު މާލެއާއި ހުޅުމާލެއަށް ކަރަންޓް ދެނީ އެއް ވިއުގަ އަކުން ގުޅާލާފައިވާ ކަރަންޓް ކޭބަލަކުންނެވެ. ކަރަންޓް ވިއުގަ ގުޅާލުމުން މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ ސަރަހަށްދަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި މައި އިންޖީނުގެއެއްގެ ގޮތުގައި ބޭނުން ކުރަނީ ހުޅުމާލޭގައި އަލަށް އިމާރާތް ކޮށްފައިވާ 50 މެގަވޮޓުގެ އާ އިންޖީނުގެ އެވެ.