ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގައި 32 ބިލެއް ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ނާއިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވީ މި ދައުރުގައި ގިނަ އަދަދެއްގެ ބިލުތަކެއް ހުށަހަޅަން ނިންމިކަން އަންގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒްގެ ސިޓީއެއް ލިބިފައިވާ ކަމަށެވެ.
ސަރުކާރުން ހުށަހަޅަން ނިންމި ބިލުތަކުގެ ނަންތައްވެސް އީވާ މަޖިލީހުގައި މިއަދު އިއްވި އެވެ.
ސަރުކާރުން ހުށަހަޅަން ނިންމި ބިލުތައް
- ހެއްްކާ ބެހޭ ބިލު
- ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު
- އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު
- ގިންތި ކަނޑައެޅުމާއި ދަރަޖަ ކުރުމުގެ ބިލު
- ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިތުރު އިސްލާހެއް ގެނައުމުގެ ބިލު
- ރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިތުރު އިސްލާހެއް ގެނައުމުގެ ބިލު
- ނިއުސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ބިލު
- ހެލްތު ސާވިސްގެ ބިލު
- ސިއްހީ ހިދުމަތްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުުމުގެ ބިލު
- ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ހައްޖާއި އުމުރާގެ ކަންކަން އިންތިޒާމް ކުރުމާ ބެހޭ ބިލު
- ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލު
- ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
- ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބިލު
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އިޖުތިމާއީ މަސައްކަތްތެރިންގެ ބިލު
- ދައުލަތުގެ މުސާރައާއި ސިޔާސަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ފޮރިން އިންވެސްޓްމަންޓް ބިލު
- އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު
- ކުންފުނީގެ ބިލު
- ޓްރޭޑްމާކްގެ ބިލު
- އަމިއްލަ ފަރުދުންގެ ވިޔަފާރިއަށް އިސްލާހު ގެނައުމުގެ ބިލު
- މަސައްކަތު މާހައުލުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ބިލުު
- އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު
- މަދަނީ ވައިގަ ދަތުރުފަތުރުގެ ބިލު
- ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރިކުރުމުގެ ބިލު
- ކުނި މެނޭޖްކުރުމާ ބެހޭ ބިލު
- ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ކްލައިމެޓް އިމެޖެންސީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ރާއްޖޭގެ ބަހަށް އިސްކަންދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
އީވާ މިއަދު ވިދާޅުވީ ނިމިގެން ދިޔަ ދައުރުގައި ހުށަހެޅި ގިނަ ބިލުތަކުގެ ބަހުސް މަރުހަލާ ނިމިފައިވާ ކަމަށާއި އެހެންކަމުން މިދައުރުގައި ގިނަ މަސައްކަތްތައް ކުރެވެން އޮތީ ކޮމިޓީ މަރުހަލާގައި ކަމަށެވެ.
"ބަހުސް މަރުހަލާގައި އަދި ތަޅުމުގައި ކުރެވެން އޮތީ ބާކީ ދެ ބިލެއްގެ މަސައްކަތް. އެހެންވީމާ އަޅުގަނޑުމެންގެ ބަހުސް މަަސައްކަތް ފެށޭނީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ކުރިއަށް އޮތް ބިލުތައް އަޅުގަނޑުމެންނަށް އައިމަ" އީވާ ވިދާޅުވި އެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ގިނަ ބިލްތަކެއް މަޖިލީހަށް ހުށަހަޅާފައިވީ ނަމަވެސް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ އެންމެ މުހިއްމު ދެ ބިލް ކަމުގައިވާ މަދަނީ އިޖުރާއަތުގެ ބިލާއި ހެއްކާ ބެހޭ ބިލްގެ މަސައްކަތް އަދިވެސް ނިންމާލެވިފައެއް ނުވެ އެވެ.